ads
މިދިޔަ އަހަރު 2425 ކައިވެނި، 1281 ވަރި
ފާއިތުވި 2023 ވަނަ އަހަރު 2425 ކައިވެނި ކުރެވުނުއިރު، 1281 ވަރި ރަޖިސްޓްރީ ކުރެވިފައި ވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެެވެ.

އެ ކޯޓުން މިއަދު ހާމަކުރި ގޮތުގައި މިދިޔަ އަހަރު ވަލީ ހޯދުމަށް 14 މައްސަލައެއް ހުށަހެޅުނު ކަމަށާއި، އޭގެ ކުރީގެ އަހަރުގެ މައްސަލަތަކާއެކު ޖުމްލަ 15 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރު ވަރިވުމަށް އެދި 766 މައްސަލައެއް ހުށަހެޅުނުއިރު، އޭގެކުރީ އަހަރުގެ މައްސަލަތަކާއެކު 744 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމެލީ ކޯޓުން ހާމަކުރެ އެވެ. މިދިޔަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި އޮތީ އެފަދަ 118 މައްސަލަ އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިހަ އަހަރު ވަރި ކުރުމަށް 310 މައްސަލަ ހުށަހަޅާފައިވާއިރު، ކުރީ އަހަރުގެ މައްސަލަތަކާއެކު 291 މައްސަލައެއް ނިންމާފައި ވާ ކަމަށެވެ. މިދިޔަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި އޮތީ އެފަދަ 40 މައްސަލަ އެވެ.

އޭގެއިތުރުން ވަރި ސާބިތު ކުރުމަށް މިދިޔަ އަހަރު 627 މައްސަލައެއް ހުށހަޅާފައިވާއިރު، ކުރީ އަހަރުގެ މައްސަލަތަކާއެކު 631 މައްސަލައެއް ވަނީ ބަލާ ނިންމާފަ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ވަރި ސާބިތު ކުރުމަށް އެެދި ހުށަހެޅި 36 މައްސަލައެއް އޮތީ ނުނިމި އެވެ.

ފެމިލީ ކޯޓުން އާންމުކުރި މައުލޫމާތު ތަކުން ހާމަވާ ގޮތުގައި ވަރިއާއި މެދު ޝައްކު ކުރެވިގެން މިދިޔަ އަހަރު 40 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ކުރީ އަހަރުގެ މައްސަލަތަކާއެކު 42 މައްސަލައެއް ބަލާ ނިންމާފައި ވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް