ads
ޓުރިޒަމަށް މިއަދު އައްޔަނުކުރެވުނު 3 ބޭފުޅުން
ޓުއަރިޒަމް މިނިސްޓްރީއަށް އިތުރު 3 ސިޔާސީ ބޭފުޅަކު އައްޔަނު ކޮށްފި
ޓުއަރިޒަމް މިނިސްޓްރީއަށް އިތުރު ތިން ބޭފުޅަކު މިއަދު އައްޔަނު ކޮށްފި އެވެ.
Advertisement

ޓުވަރިޒަމް މިނިސްޓްރީއަށް އައްޔަނު ކޮށްފައިވާ ތިންބޭފުޅުންނަކީ މީނާސް ޝައުގީ އަދި ހާރިސް މުހަންމަދުގެ އިތުރުން އަހުމަދު ޝިފާޒުއެވެ.

މިއަދު އަލަށް އައްޔަނު ކުރެވުނު ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު އައްޔަނުކުރެވުނީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި އެވެ. އެ ދެ ބޭފުޅުންނަކީ މީނާސް ޝައުގީ ގެ އިތުރުން އަހުމަދު ޝިފާޒު އެވެ.

މީގެ އިތުރުން ހާރިސް މުހަންމަދު އައްޔަނު ކުރެވިފައިވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ޓުއަރިޒަމް ގެ މަގާމަށެވެ.

މިއަދު މި އައްޔަނު ކުރެވިގެންދިޔަ ތިން ބޭފުޅުން ގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގެ އިސް މަގާމުތަކުގައި 10 ބޭފުޅުން އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޕާމެނެންޓް ސެކްރެޓަރީއެއް ހިމެނެ އެވެ. 

މިހާރު ވެސް ސަރުކާރުގެ މިނިސްޓްރީތަކުގައި ގިނަ އަދަދަކަށް ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއިއާއި އާންމުންގެ ނުރުހުމާއި ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒު ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް