ads
ޑަބްލިވްއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 154 ވަނަ ބައްދަލުވުމުގައި ވަޒީރު ޑރ. ހަލީލް
ޑަބްލިވްއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަލީލް
ޑަބްލިއުއެޗްއޯގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެވަޑައިގެންފި އެވެ.

ހެލްތު މިނިސްޓަރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވަނީ ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުންނެވެ.

ބައިނަލް އަގްވާމީ މުހިއްމު ނިންމުންތަކެއް ނިންމާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެންމެ މަތީ ފަންތީގެ މި ބައްދަލުވުމަކީ ދުނިޔޭގެ 34 ގައުމަކުން، ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ.

ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށް އޮންނަ މި ބައްދަލުވުން ކުރިއަށް ދާނީ މިއަދުން ފެށިގެން 27 ޖެނުއަރީއާއި ހަމައަށް ޑަބްލިވްއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރ ގައުމުތަކާއި އެހެން މެމްބަރ ގައުމުތައްވެސް ހިމެނޭގޮތަށެވެ.

ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ކާރިސާ ތަކުން ރައްކާތެރިވުމަށްޓަކައި ގައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް، ޓީ.ބީ ފަދަ ބަލިތައް ނައްތާލުމަށް ކަނޑައަޅާފައިވާ ކަންކަން ހާސިލުކުރުމާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމުކަންކަން ކުރިއަށް ގެންދިއުމުގެ މުހިއްމު ނިންމުންތަކަށް މަޝްވަރާކޮށް ނިންމުންތައް ނިންމޭނެ އެވެ. 

އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅޭނެއެވެ. އަދި މިފަހަރުގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި އީސްޓަރން މެޑިޓެރޭނިއަން، ވެސްޓަރން ޕެސިފިކް އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ، ކުރިއަށް އޮތް ފަސް އަހަރަށް އައްޔަނުކުރެވިގެންދާނެ އެވެ.

މިބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް  ރޭވިފައިވާއިރު މިބައްދަލުވުންތަކުގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. 

ޑަބްލިއުއެޗްއޯގެ މި ބައްދަލުވުމުގެ ބަޖެޓު އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގައި މި މިނިސްޓްރީގެ ވަފުދެއް  ދިވެހިރާއްޖެ ތަމްސީލުކޮށްފައިވެ އެވެ.

ޑަބްލިވްއެޗްއޯގެ އެގްޒެކްޓިވް ބޯޑުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރަމުން ދަނީ 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް