ads
މާލީ ހާލަތު ދަށް ފެނަކައިން ކުއްޔަށް އިމާރާތަކެއް ހޯދަނީ
މާލީ ހާލަތު ދަށްވެ ކުންފުނިން މީހުން މަދުކުރަން ފަށާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިމާރާތްތަކެއް ކުއްޔަށް ހިފަން ބޭނުންވާކަމަށް އެކުންފުނިން ބުނެފިއެވެ. ފެނަކައިން ބުނީ އިމާރާތްތަކެއް ކުއްޔަށް ނަގަނީ އެ ކުންފުނީގެ ބައެއް އަތޮޅު ބްރާންޗްތަކުގެ އިދާރީ މަސައްކަތް ހިންގުމަށްކަމަށެވެ.
Advertisement

އެކުންފުނިޣެ ބްރާންޗަތައް ހިންގަން އިމާރާތް ހޯދަން އިއުލާންކޮށްފައި މިވަނީ ކުންފުނީގެ ދަރަނި 4 ބިލިއަނަށް އަރާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހުއްމަދު ރަޝީދު ބުނެފައިވާ ދަނޑިވަޅެއެއްގައެވެ. އަދި އެކުންފުނިން ހަދަމުން ދިޔަ ބައެއް އިންޖީނުގޭގެ މަސައްކަތުގެ އަގުތައް މާކެޓް އަގަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ބުނެ އެ މަސައްކަތްތައް ހުއްޓިފައިވާކަމަށް އެމްޑީ މުއާޒު މިދޔަ ހަފްތާގައި ވިދާޅުވެފައިވަނިކޮށެވެ.

ފެނަކައިން ވަނީ އެ ކުންފުނީގެ މި. ދިއްގަރު، ށ. ކަނޑިތީމު އަދި ، ލ އިސްދޫ ބްރާންޗްގެ އިދާރީ މަސައްކަތް ހިންގާނެ އިމާރާތެއް ކުއްޔަށް ހޯދުމަށް އިއުލާންކޮށްފައެވެ. މި އިމާރާތް 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެކަމަށާއ އެތަނުގައި މެދުވެގެން ދެ ކޮޓަރިއާ ސިޓިން ރޫމަކާއި 1 ފާހާނާ ހުންނަންޖެހޭނެކަމަށްވެސް ފެނަކައިން ބުނެއެވެ. އިމާރާތް ކުއްޔަށް ދިނުމުގައި ޕޮއިންޓް ދިނުމުގައި ތަނުގެ ކުއްޔަށް %80 ދޭނެކަމަށާއި ބާކީ އޮތް %20 ދޭނީ ތަނުގެ ހާލަތަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ފެނަކައިން މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ޕޭރޯލް ކުޑަނުކޮށް ކުންފުނި ދެމި ނޯންނާނެކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދުވަނީ މީގެކުރިން ބުނެފައެވެ. އަދި އެ ސަބަބުތަކަށްޓަކައި އެކުންފުނީގައި ކޮންޓްރެކްޓަށް މަސައްކަތް ކުރަމުން ދިޔަ 1000 ގާތްކުރާ އަދަދަށް މުވައްޒަފުން ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް މިދިޔަ 2 މަސްދުވަހުގެ ތެރޭގައި ސްޓޭޝަން މެނޭޖަރުންގެ ނަމުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ކުންފުންޏަށް ނަގަމުންނެވެ. 

މީގެއިތުރުން ޓެކްނީޝަނުންނާއި ޑެޕިއުޓީ މެނޭޖަރުންނާއި އެސިސްޓެންޓް މެނޭޖަރުންނާއި ސްޕަވައިޒަރުންނާއި، އޮފިސަރުންގެ ނަމުގައިވެސް މީހުން އަންނަނީ ކުންފުންޏަށް ނަގަމުންނެވެ. މާލޭގައި ހުންނަ ކުންފުނީގެ މައި އޮފީހަށްވެސް އިސް މަގާމުތަކަށް ބޮޑެތި މުސާރާފައި މީހުން ނަގާ ކޮންސެލްޓެންޓުން އަންނަނީ ހޯދަމުންނެވެ. އަދި ކުންފުނީގެ ހާލަތު ދަށް ފެނަކައިގެ އެމްޑީގެ އިތުރުން 2 ޑީއެމްޑީން ތިއްބަވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް