ads
ކަޅުވަކަރު މިސްކިތާއި ޕާކު ވަގުތީ ގޮތުން ބަންދު
ކަޅުވަކަރު މިސްކިތާއި ޕާކު ސަރަހައްދު ވަގުތީ ގޮތުން މިއަދުން ފެށިގެން ބަންދުވާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް ބުނެފި އެވެ.
Advertisement

ސަލްޓަންޕާކުގައި ހުރި މިސްކިތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާ ރުޅާލާ އަތަނުގައި އައިސް ސްކެޓް ޕާކެއް އެޅިއެވެ. ކަޅުވަކަރު މިސްކިތް ރޫޅާލާ ނެގުމަށްފަގހު އޭރުގެ ފުރަތަމަ ވާހަކަ ދެއްކީ ހުޅުމާލެއަށް ބަދަލުކުރާށެވެ. އެކަމަކު ސަރުކާރުގެ އެ ހިޔާލު ބަދަލުވެ ފަހުން އެ މިސްކިތް ގދ. ތިނަދޫއަށް ބަދަލުކުރަން ނިންމި އެވެ. 

ކުރީގެ ދިރާގުގެ ހެޑް އޮފީސް ހުރި ސަރަހައްދުގައި އެ މިސްކިތް އަލުން ރާވާ ބޭނުންކުރަން ހުޅުވާލީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައެވެ. ހިރި ގަލާއި ކަޅުވަކަރުން ހަދާފައިހުރި މިސްކިތުގެ ބައިތައް ފެނުނީ އެ މިސްކިތް ރޫޅާލާ އެއްވެސް ރައްކާތެރިކަމެއް ނެތް ގޮތުގައި އެތަކެތި އެކި ތަންތަން ބާހައްޓާފައި ހުއްޓާކަމަށް މިދިޔަ ސަރުކާރުން ބުނެ އެވެ.   

ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން ބުނީ ކަޅުވަކަލު މިސްކިތާއި އެތަން ވަށައިގެންވާ ޕާކުގައި ކުރަން ހުރި މަސައްކަތްތަކެއް ކުރުމަށް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުވާނެކަމަށެވެ. އަދި އެ މަސައްކަތަށްް ފަހު އަލުން މިސްކިތާ ޕާކު ހުޅުވާނީ އަންނަ މަހުގެ ތެރޭގައިކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައި ހުރި އެންމެ އާސާރީ އެއް މިސްކިތެވެ. ތަފާތު ކުރެހުން އަޅާ ހިރިގަލުން ފާރުތައް ހަދާފައިވާ މިސްކިތެކެވެ. މިސްކިތުގައި ހިރިގަލުން ބިންވަޅު ނަގާ ލިޔެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މި މިސްކިތް ބުނާކުރެއްވީ އައްސުލްތާން ހަސަން ނޫރަންދީން އިސްކަންދަރުގެ ރަސްކަމުގައެވެ. 1779 އިން 1799 ވެރިކަން ކުރެއްވި ހަސަން ނޫރައްދީން މި މިސްކިތް ބިނާކުރެއްވީ އެ ރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް