ads
އަސީރުން މިނިވަން ނުވުމުން ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަނެފި
ހަމާސް ޖަމާއަތުން ރަހީނުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީންގެ އާއިލާތަކުން ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާއަށް ވަދެގަނެ އަޑު އުފުލައިފި އެވެ.
Advertisement

ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1140 މީހަކު މަރާލި ދުވަހު 250 މީހަކު ރަހީނު ވެސް ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ކުރީގެ ޑީލްތަކުގައި މިިނިވަންކޮށްފައި ވާއިރު އަދިވެސް 132 މީހަކު ޣައްޒާގެ ތެރޭގައި އެބަ ތިބި ކަމަށް ލަފާކުރެވެ އެވެ.

ޔަހޫދީ އިޒްރާއީލު ސަރުކާރުގެ އަމަލުތަކާއި ދެކޮޅަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާތަކަށް ވަދެ ކުރިއަށް ދިޔަ ބައްދަލުވުމަކަށް ހުރަސް އެޅީ އެ މީހުންގެ އާއިލާތަކުގެ މެންބަރުން މިނިވަން ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް މަޖިލީހާއި ސަރުކާރަށް ބާރުއެޅުމުގެ ބޭނުމުގައި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިދާރާތެރެއަށް ވަނުމުގެ ކުރިން އަސީރުންގެ އާއިލާތަކުން ވަނީ ނަތަންޔާހޫ އިސްތިއުފާ ދިނުމަށް ގޮވާލުމުގެ އިތުރުން އޭނާގެ ސަރުކާރާއި ދެކޮޅަށް ވެސް އަޑު އުފުލާފަ އެވެ. 

އަސީރުންގެ އާއިލާތަކުގެ މި އަމަލު ތަކުންވެސް ނަތަންޔާހޫ އަދި ނަތަންޔާހޫގެ ސަރުކާރާއި މެދު ހިތްހަމަނުޖެހި ނުރުހޭކަން ހާމަވެ އެވެ.

އަސީރުންގެ އާއިލާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަސީރުން މިނިވަން ކުރުމަށް ހައްދު ފަހަނަ އަޅާފައިވާ ނަތަންޔާހޫގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ނުކުރުން ކަމުގައިވާއިރު ނަތަންޔާހޫ ވަނީ އަސީރުން މިނިވަންކުރުމަށް ހަމާސް އިން ހުށަހެޅި ޝަރުތުތަކަށް ފާޅުގައި ދެކޮޅުހެދުމުގެ އިތުރުން އަސީރުން މިނިވަން ކުރުމަށް ވެސް ދަނީ ހުރަސް އަޅަމުންނެވެ.

ގާޒާއަށް އަރާފައިވާ ޔަހޫދީސިފައިން ފޭބުމާއި އާންމު ރައްޔިތުންގެ ގެދޮރަށް ބޮންއެޅުން ހުއްޓައިލުމުގެ އިތުރުން ގާޒާގެ ވެރިކަމުގައި ހަމާސްއަށް ފުރުސަތު ދިނުން ހަމާސް އިން ނަތަންޔާހޫއަށް ހުށަހެޅި ޝަރުތުތަކުގެތެރޭގައި ހިމެނެ އެވެ.

ހަމާސް އިން ރަހީނުކުރި ކަމަށް ބެލެވޭ 250 މީހުންގެ ތެރެއިން އެއްބަޔަކު ކުރިން ވަނީ ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލައިފަ އެވެ. އެކަމަކު އަދިވެސް ގާޒާ ތެރޭގައި 136 ރަހީނަކު ތިބި ކަމަށް ބެލެވެ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރާ ނަމަ ދެ މަސް ދުވަހަށް ހަމަލާތައް މެދުކަނޑާލަން ގަތަރާއި މިސްރު މެދުވެރިކޮށް އިޒްރޭލުން ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ ނިއުސް ވެބްސައިޓް އަކްސިއޯސް އިން މިއަދު ވަނީ ރިޕޯޓްކޮށްފައި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް