ads
ތިނަދޫއާއި ކާޑެއްދޫ ބްރިޖްގެ މަސައްކަތް ފަށަނީ
ގދ. ތިނަދޫ ކާޑެއްދޫއާއި ގުޅުވާލާ ބްރިޖް ގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށައިފި އެވެ.
Advertisement

މި މަސައްކަތް ފެށުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ކަމުގައިވާ ޕްރިލިމިނަރީ ސާވެ އާއި އެސެސްމަންޓާއި ފީސިބިލިޓީ ސްޓްޑީގެ ކޮންސަލްޓަންސީ ކުރިއަށްގެންދާނެ މީހުން ހޯދަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ހަމަ އެހެންމެ މި މަސައްކަތް ކުރުމަށް ބަޔަކު މީހުން ނަގާނީ މަސައްކަތުގެ ކޮލިޓީ އާއި އަގަށް ރިއާޔަތްކޮށްކަމަށް ވެސް ބުނެއެވެ.

ތިނަދޫ-ކާޑެއްދޫ ބްރިޖުގެ ދިރާސާތައް ހަދަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 12:00 އެވެ. އެ ވުޒާރާއިން ވިދާޅުވީ ޕްރޮޕޯސަލް ހުށަހަޅަން ދައުވަތު ދޭނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ކުންފުނިތަކަށް އެކަނި ކަމަށެވެ. 

ތިނަދޫ އަދި ކާޑެއްދޫ ގުޅުވާލައި އެޅުމަށް ހަމަޖެހިފައިވާ މި ބްރިޖްގައި 3 ކިލޯ މީޓަރާއި 3.5 ކިލޯ މީޓަރުގެ ދިގުމިނެއް ހުންނާނެކަމަށް ލަފާކޮށްފައިވާއިރު ޓާމްސް އޮފް ރިފަރެންސްގައި ބުނެފައި ވަނީ ބްރިޖުގެ އިތުރަށް ހައިވޭ ލިންކް ރޯޑެއް ހިމަނަން ޖެހިދާނެކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މި ބްރިޖްއަކީ ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.އަދި ހަމައެހެންމެ ކާޑެއްދޫގައި ހިންގަމުންދާ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށްކޮށް، ބުރިޖަކުން ތިނަދޫއާ ގުޅުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް