ads
ހުޅުމާލެ ޖަލުގައި 40 މީހުންގެ ޔުނިޓެއް އަޅަނީ
ބަންދު މީހުން ޖަލުތަކަށް ގެންދެވެންދެން ބޭ ތިއްބުމަށް ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ ހޮލްޑިންގ ޔުނިޓްގެ ބިންގާ މިއަދު އަޅައިފިއެވެ

އާ ޔުނިޓްގެ ބިންގާ އަޅުއްވާ ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. 

4 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ރާވާފައިވާ މި އިމާރާތުގައި އެއް ފަހަރާ 40 މިހުންގެ ބޭތިއްބޭނެކަމަށް ކަރެކްޝަނުން ބުނެއެވެ. މިތަން ހެދުމުގެ  މަޤްޞަދަކީ ހުޅުމާލޭ ޖަލުގައި ތިބި ޤައިދީންނަށް ދެވޭ ޙިދުމަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، އަލަށް ޖަލަށް ގެންނަ ޤައިދީން ބަންދުމީހުން ޖަލުތަކަށް ގެންދެވެންދެން ބޭތިއްބުމާއި އެކި ބޭނުންތަކަށް މާލެ ގެންނަ ޤައިދީންނާއި ބަންދުމީހުން ގެންނަ ބޭނުން ނިމި އަނބުރާ އެޖަލުތަކަށް ގެންދެވެންދެން ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ކަރެކްޝަނުން ބުނެއެވެ. 

މިމަހުގެ 7 ވަނަ ދުވަހު މާލޭ ޖަލު ބަންދުކުރުމުގެ ކުރިން އެކި ބޭނުންތަކަށް މާލެ ގެންނަ ގައިދީންނާ އެކި ޖަލުތަކަށް ގެންދާ  ޤައިދީންނާއި ބަންދުމީހުން ބޭތިއްބީ މާލޭ ޖަލުގައެވެ. މާލޭ ޖަލު ބަންދުކުރީ އެތަނާއި ޖެހިގެން އައު ދަރުމަވަންތަ ސްކޫލް ހުޅުވުމުން އެ ސްކޫލްގެ ބޭނުމަށެވެ. 

އަލަށް ޤާއިމްކުރާ  ހޯލްޑިންގ ޔުނިޓްގެ އިތުރުން، އެއިމާރާތައް އިތުރު ބައިތައް އިތުރުކޮށް  77 މީހުން ބޭތިއްބޭ ވަރުގެ ތަނަކަށް އެތަން ހަދާނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް