ads
ހޯރަފުށީ ހާފްވޭ ހައުސް -- ފޮޓޯ: އެމްޓީސީސީ
ހޯރަފުށީގައި ގާއިމުކުރާ ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފި
ހއ. ހޯރަފުށީގައި ގާއިމްކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް ނުވަތަ ހާފްވޭ ހައުސް ގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

މިކަން ހާމަ ކޮށް އެމްޓީސީސީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައިވާ ގޮތުން ހާފްވޭ ހައުސް ގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގެ މަޝްރޫއު އަކީ 6.15 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދަށުން ގްރައުންޑް މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްކާއި މޭޝަނަރީ އަދި ޕްލާސްޓަރިން މަސައްކަތާއި ފިނިޝިން މަސައްކަތްތަކާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތާއި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީގެ ނޫސް ބަޔާނުގައިވެ އެވެ.

ހޯރަފުށީގައި ގާއިމް ކުރެވިގެންދިޔަ މި ހާފްވޭ ހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓް ކަމަށް ވާއިރު މިތަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ.

މި ހާފްވޭ ހައުސްގެ ބޭނުމަކ،ީ ކުށްތަކުގައި ގެންނަ ކުޑަކުދިންނަށް ބޭނުންވާ ރެހިބިލިޓޭޝަން ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދ،ީ ބޭނުންތެރި ބައެއްގެ ގޮތުގައި އެ ކުދިން އަނބުރާ މުޖުތަމައުއަށް ނެރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް