ads
ބީއެމްއެލްގެ ފުރަތަމަ އޭޓީއެމް ސެންޓަރު ފޭސް 2 ގައި ހުޅުވައިފި
ބީއެމްއެލް އިސްލާމިކްގެ އާ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނީ ފޭސް 2ގައި ހުންނަ ވިނަރެސް ޓަވާ 8 ގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. 

އެ ބޭންކުން އަލަށް ފޭސް 2 ގައި ހުޅުވި އޭޓީއެމްގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި މި އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލް ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއްކަމަށާއި މިވަގުތު ވެސް 3 އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރ ހުޅުމާލޭ ފޭސް 1 ގައި ގާއިމްކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާކަމީ ބީއެމްއެލްއިން ވަރަށް ފަހުރުވެރިވާކަމެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗ،ް 83 ސެލްފްސާވިސް ބޭންކިން ސެންޓާ، 138 އޭޓީއެމ،ް 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް