ads
ރައީސްގެ ޗައިނާ ދަތުރުފުޅަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި އަދަދުތަކުން ސާފުވާ ގޮތުން ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް، ޖުމްލަ 2428113 ރުފިޔާ ހަރަދު ކުރައްވާފައިވެ އެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ޓިކެޓު ހަރަދަށް އެކަނި ވެސް ވަނީ ދެ މިލިއަނަށް ވުރެ ގިން ރުފިޔާ ހަރަދު ވެފަ އެވެ. ދެ ދަތުރުފުޅުގެ ޓިކެޓު ތަކަށް ހޭދަވީ ޖުމްލަ 2020482 ރުފިޔާ އެވެ. އޭގެ ތެރޭގައި ބިޒްނަސް ކްލާސްގެ 13 ޓިކެޓާއި އިކޮނޮމީ ކްލާސްގެ ‏46 ޓިކެޓު ހިމެނެ އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޗައިނާ ދަތުރުފުޅުގެ އެހެނިހެން ހަރަދުގަކުގެ ގޮތުގައި ވަނީ 407631 ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެތެރޭގައި 30 ބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި ދީފައިވާ 300495 ރުފިޔާ ވެސް ހިމެނެ އެވެ.

މީގެއިތުރުން އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދުގެ ތިއްބެވުމާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައިދިނީ ޗައިނާ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ފަހުކޮޅު ތުރުކީއަށާއި ދުބާއީއަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފަ އެވެ.

ދަތުރުތަކުގެ ހަރަދު ކުޑަ ކުރުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި ފަސްޓް ކްލާހުގައި ދަތުރު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުތައް އެ ދަތުރެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އެ އޮފީހުން އާންމުކުރާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް