ނިއުރޭޑިއަންޓް މިއަދު ބީޖީ ސްޕޯޓްސް ކްލަބް އަތުން މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. ނިއު އިން މި ނަތީޖާއާ އެކު ވަނީ ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބާ އެއްވަރަށް ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ނިއު ދެ ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުން އެއް ވަނަ ޓީމު ކަނޑައެޅޭނީ، އަންނަ ހޯމަ ދުވަހު ޓެންޓާއި ނިއު ބައްދަލުކުރާ މެޗުންނެވެ.
ބީޖީ އަށް މި މެޗާ އެކު، ގްރޫޕް ސްޓޭޖު ނިމުނީ އެވެ. އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގަ ލިބުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ދެ ޓީމު ތެރޭގައި ހިމެނިގެންނެވެ.
ޓެންޓް އާއި ނިއުގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ޔަގީންކޮށްފައިވަނީ، ވިކްޓަރީ ސްޕޯޓްސް ކްލަބާއި މަސް އޮޑި ސްޕޯޓްސް ކްލަބް އެވެ.