މާލޭން އުތުރުގެ ރިސޯޓެއްގެ ކޮޓަރިއެއް ބަލަން އަމުރުކޮށްފައިވަނީ އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުންނެވެ. އެއީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނެއްގެ ފޯނާއި މުވާސަލާތީ ވަސީލަތްތައް ބަލައި ފާސްކުރުމަށްވެސްވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ތިން އަމުރެއް ނެރެފައިވެއެވެ. އެއީ އެ މީހާ ހިފަހައްޓައި ބަލައި ފާސްކުރުމުގެ އަމުރަކާ، އެ މީހާގެ ފޯނާއި މުއާސަލާތީ ވަސީލަތްތައް ހިފެހެއްޓުމުގެ އަމުރަކާ އަދި ރިސޯޓެއްގެ ކޮޓަރިއެއް ބަލައި ފާސްކުރުމުގެ އަމުރެކެވެ.
މި މައްސަލައިގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.