ads
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓު ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާސްގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ - ފައިލް ފޮޓޯ: ފޮރިން މިނިސްޓްރީ
އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް ވަޑައިގަންނަވަނީ
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓު ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާސްގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާންކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގައި އޮންނަ ޔޫއެސް-އިންޑިއާ ފޯރަމްގައި ބައިވެރިވުމަށް އެމެރިކާގެ ވަފްދުގައި ލޫ އިސްކޮށް ހުންނަވާނެ ކަމަށެވެ. އެ ވަފްދުގައި ސެކްރެޓަރީ އޮފް ސްޓޭޓް ފޮ އެނާޖީ ރިސޯސަސް ޖެފްރީ ޕަޔާޓް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ޑެލިގޭޝަނުން އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާއި ޕްރައިވެޓް ސެކްޓާގެ މެންބަރުންނާއި ތައުލީމީ ދާއިރާއާއި މީޑިއާއާ ބައްދަލުކޮށް، ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެއަށްފަހު ލޫ އާއި އެމެރިކާގެ ޑެލިގޭޝަން ރާއްޖެ ވަޑައިގެން، ދިވެހި އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.

މީގެއިތުރުން، ލޫ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަދަނީ ޖަމިއްޔާ ތަކާއި މަތީ ތައުލީމާ ގުޅޭ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް