ads
ބީއެމްއެލްގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން - ފޮޓޯ/ ބީއެމްއެލް
ވަކިކުރި ޑިރެކްޓަރުންތަކެއް އަނބުރާ ބީއެމްއެލް ބޯޑަށް ލައިފި
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން ވަކިކުރި ބައެއް ބޭފުޅުން އަލުން ބޯޑު މެންބަރު ކަމަށް ސަރުކާރުން އައްޔަންކޮށްފި އެވެ.

ބީއެމްއެލްގެ ހުރިހާ ނޮންއެކްޒެކެޓިވް މެންބަރުން މިދިޔަ ހަފުތާގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ. 

11 މެންބަރުން ތިއްބަވާ ބީއެމްއެލް ބޯޑުން ވަކި ނުކުރައްވަނީ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީނެވެ. ދެން ތިއްބަވާނީ ހިއްސާދާރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ތިން މެމްބަރުންނެވެ. 

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޗެއާމާން ޔޫޝައު ސައީދު، ޖުވޭރިޔާ ސައީދު، މުހައްމަދު ޝަރާހު، އަބްދުﷲ ހަސަން އަދި އައިޝަތު ސަޖުނީއެވެ.

މީގެތެރެއިން ދެ ބޭފުޅަކު އަލުން އައްޔަނު ކޮށްފައިވާކަމަށް މައުލޫމާތު ލިބޭއިރު، ފަސް ބޭފުޅުން އެއްފަހަރާ ވަކިކުރުމުން ބޯޑުގެ ގާނޫނީ އަދަދު އޮތީ ގެއްލިފަ އެވެ.

އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ބޯޑަށް މިއަދު އަލުން އައްޔަނުކޮށްފައިވަނީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް