ads
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ
މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ، ލީޑަރަކީ ސިރާޖު
އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް މިދިޔަ ޑިސެމްބަރު މަހު ސޮއިކުރި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުންނާ އެކު އެ ޕާޓީއަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ލިބުނުކަން މިއަދު މަޖިލީހުގެ ރިޔާސަތުން އިއުލާނުކޮށްފި އެވެ.

މިހާރު ކުރިއަށް ދާ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، 13 މެންބަރުން އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ބަދަލުވިކަން މިހާރު މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އަދި، އެ މެންބަރުންގެ ޕާޓީ ބަދަލުވިކަން އިލެކްޝަންސް ކޮމިޝަނުން ވެސް އަންގާފައިވާ ކަމަށެވެ.

މިހާރު ޕީއެންސީގައި 14 މެންބަރުން ތިއްބަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު އެއީ، އޭގެ ފަހުން ޕާޓީ ބަދަލުކުރެއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ނުލައެވެ.

މަޖިލީހުގެ މައިނޮރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުކަން ވެސް ރިޔާސަތުން ވަނީ އިއުލާންކުރައްވާފައި އެވެ.

މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ ދަ ޑިމޮކްރެޓްސްއެވެ. އެ ޕާޓީގައި 13 މެންބަރުން ތިއްބަވަ އެވެ.

މިހާރު މަޖިލީހުގައި މެމްބަރުން ބެހިގެންވާ ގޮތަކީ:

  • އެމްޑީޕީ: 44

  • ޕީއެންސީ: 14

  • ޑިމޮކްރެޓްސް: 13

  • ޖޭޕީ: 2

  • ޕީޕީއެމް: 2

  • އެމްޑީއޭ: 2

  • އަމިއްލަ: 3

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ނިންމައިފަ އެވެ. އެހެންކަމުން ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި ނިންމުމަށް އެމްޑީޕީގެ ތާއީދު ލިބޭނެ ކަމަށް ބެލެވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް