ads
އދ. ގެ އެހީ ފަންޑަށް އެހީވުން ބައެއް ގައުމުތަކުން ހުއްޓާލައިފި
އދ ގެ އެހީ ފަންޑަށް އެހީވުން ބައެއް ގައުމުތަކުން ހުއްޓާލައިފި އެވެ.

އދ. ގެ އެހީ ފަންޑަށް އެހީވުން ހުއްޓާލާފައި ވަނީ ހަމާސް ޖަމާއަތާއި ބައިވެރިވެގެން އެ ޖަމިއްޔާގެ ބައެއް މެމްބަރުން ވެސް އިސްރާއީލަށް ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލުން ބުނުމާއި ގުޅިގެންނެވެ.  

އދ. ގެ އެހީ ފަންޑަށް އެހީވުން ހުއްޓާލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • އިޓަލީ
  • ނެދަލޭންޑްސް
  • ފިންލޭންޑް
  • ސްކޮޓްލޭންޑް
  • އިނގިރޭސިވިލާތް
  • ޖަރުމަނު
  • ކެނެޑާ
  • އޮސްޓްރޭލިއާ

އދ ގެ އެހީ ފަންޑަކީ ފަލަސްތީނަށް ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަންޑެކެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް މައްސަލައެއް ހުށަހަޅާފައިވަނީ އިސްރާއީލުން ގާޒާގައި ހިންގަމުން އަންނަ ލޭއޮހުރުން ހުއްޓުވައި ދެއްވުމަށެވެ. އެ މައްސަލައިގައި އެންމެ ބޮޑަށް އެގައުމުން ބޭނުންވީ ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓުވަމަށެވެ. ނަމަވެސް ކޯޓުން އެ ބަސް ބޭނުން ނުކޮށް އަމުރު ކޮށްފައިވަނީ "ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް" ކުރުމަށެވެ

އައިސީޖޭ ގެ މިނިންމުމަށް ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްކޮށްދޭ ގައުމުތަކުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ހަމަ އެހެންމެ ހަމާސް އިން ވެސް އައިސީޖޭ ގެ މި ނިންމުން އެއްވެސް ދައުލަތެއް ދުނިޔޭގެ ކޯޓަށް ވުރެ މަތި ނުވެވޭނެކަން އަންގައިދޭކަމަށް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް