ads
ވަޒީރުންނަށް ރުހުން ނުދޭން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަ: ނައިބު ރައީސް
ވަޒީރުންނަށް ރުހހުން ނުދިނުމަށް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ދައުރުން މިއަދު ބާއްވާ ޖަލްސާގައި މި ސަރުކާރުގެ ވަޒީރރުންނަށް ރުހުން ދިނުމަށް ވަނީ އެޖެންޑާކޮށްފައެވެ. 

ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރުހުން ނުދޭން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީންވެސް ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުންކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދިނުމަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ. 

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓް ނެގުން އޮންނާނީ މަޖިލީހުގެ ވޯޓަށް އަހާ ގަޑީގައި މިއަދު މެންދުރު 13:30ގައެވެ. ވަޒީރުންނަށް ރުހުން ނުދޭނެކަމަށް ބައެއް މަޖިލިސް މެމްބަރުން ވަނީ ވދާޅުވެފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވީ، މާލޭ  ރައްޔިތުންނަށް  ލިބިފައިވާ ބޯހިޔާވަހިކަމަށް ހުރަސްއަޅައިގެން  ހުންނެވި  ގެދޮރުވެރިކަމާއިބެހޭ ވަޒީރަށް ރުހުންދެވެން ނެތްކަމަށެވެ. 

ހުރިހާ ވަޒީރުންނަށް ރުހުން ނުދޭން ނިންމާ ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީން ގަބޫލުކުރާގޮތުގައި ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމުކަމެެއްކަމަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް