ads
ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމްގެ ބޯ ފަޅައިިގެން ދިއުން
މަޖިލީހުގައި މާރާމާރީއެއް، މެންބަރެއްގެ ބޯ ފަޅައިލައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ޕީއެންސީއަށް ފަހުން ސޮއިކުރެއްވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށް އަނިޔާވެއްޖެ އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ހުއްޓުވައިފަ އެވެ.

އެ ހަމަނުޖެހުމުގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.

"ދެ މީހުން އެކަކު އަނެކަކަށް ކިތަންމެ ފަހަރަކު މިތަނަށް [ތަޅުންގަނޑުމައްޗަށް] ގުޅައަކަށް ޖެހުނު. ޝަހީމަށް ބޮޑަށް ހާނިއްކަވީ. ބޯ ފަޅައިގެން ގޮސް ކަންފަތް ކައިރީން ލޭ ވެސް އާދޭ. ވަރަށް ބޮޑަށް އޭނާއަށް އަނިޔާވާނެ،" އެމްޑީޕީ މެންބަރަކު ވިދާޅުވި އެވެ.


އާންމުވެފައިވާ ވީޑިއަކުން ފެންނަ ގޮތުގައި ޝަހީމާ ހިފައިގަނެ އީސަ ގެންދިޔައީ ރިޔާސަތުގެ މޭޒަށް ޝަހީމް ވަޑައިގަތުމަށް ހުރަސް އަޅަމުންނެވެ. ދެ މީހުން ކުއްލިއަކަށް ގުޅައަކަށް ޖެހޭ މަންޒަރު ވެސް ފެނެ އެވެ. އަދި ތެދުވަމުން އީސަ ވަނީ ގަސްތު ގައި ޝަހީމަށް ފައިން ހަމަލާދީފައެވެ. ބޫޓުން ބޮލުގައި ޖަހާތަން ފެނެ އެވެ.

މީގެ އިތުރުން ވެސް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވެސް އަނިޔާވެފައިިވާކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން ނިންމައިފައެވެ. އެހެންވެ، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ މަޖިލީހުގައި އިހުތިޖާޖުކޮށް، ޖަލްސާއަށް ހުރަސްއަޅަމުންނެވެ. އެ ޖަލްސާ 1:30 ގައި ފަށަން ތާވަލުކުރި ނަމަވެސް މިހާތަނަށް ޖަލްސާ ފެށިފައެއް ނުވެއެވެ.

ސަރުކާރަށް ތާއީދުކުރައްވާ ޕީޕީއެމް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެމަނިކުފާނުގެ ކޮޓަރިކޮޅުގައި އިންނެވީ ޗެމްބަރު ތެރޭގައި މެންބަރުން މާރާމާރީ ހިންގަވަން ފުރުސަތު ދެއްވައިގެންނެވެ.

މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފައި ވަނިކޮށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް