ads
އިސްރާއީލްއާ ދެކޮޅަށް އެފްރިކާއާ ގުޅިގެން ރާއްޖެ އިން މަސައްކަތް ކުރަން ނިންމައިފި
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ބައިވެރިވާން ރާއްޖޭން ނިންމައިފި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މިއަދު ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ ކެބިނެޓުން ނިންމީ، އެ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެ ތަމްސީލުކުރާ އޭޖެންޓަކަށް ބަންޑާރަނައިބް އަހްމަދު އުޝާމް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރުކުރުމަށް އައިސީޖޭއިންވަނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ޔަހޫދީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާންމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން, އައިސީޖޭގެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރާ ގޮތާ ގުޅޭ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް