އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކުރުމުން ސަރުކާރުގެ އިސްވެރިންނާއި ނައިބު ވަޒީރުންނާއި ސަރުކާރަށް ތާއިދުކުރާ ބަޔަކު ވަނީ މިއަދު މަޖިލިސް ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ.
މަޖލިސް ހުންނަ ސަރަހައްދަކީ ގްރީން ޒޯނެއްގެ ގޮތުގައި ކަންޑައޅާފައި އޮތް ސަރަހައްދެއް ނަމަވެސް އެއްވި މީހުން މަޖލިސް ގޭ ކައިރުން ދުރުކުރަން ދިވެހި ފުލުހުން މަސައްކަތް ކޮށްފަައެއްނުވެއެވެ. މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ފެށީ އެމީހުން އެ ސަރަހަހައްދަށް އެއްވިތާ ގާތްގަޑަކަށް 3 ގަޑިއިރެއްހާ އިރު ފަހުންނެވެ.
އިވާ މަޖިލީހުގެ ސަލާމަތީ ކޮމެޓީއަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ ގެއާއި، އެގޭގެ ގޯތިތެރެެއާއި ރައްޔިތުން މަޖިލީހުގެ ދަށުން ހިންގާ އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ގާނޫނު އަސާސީން ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް މަތިކޮށްފއިވާކަމަށެވެ.
މިއަދު ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވި މީހުން މަޖިލީހުގެ ވަށާ ފާރުމައްޗަށް އަރާ މަޖލީހުގެ ގޯތިތެރެއަށް އެކި އެއްޗެހި އުކާފައިވާއިރު އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ހިދުމަތުން އެ ފަރާތްތަކަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށްފައިވޭތޯ ބަލަން މަޖލީހުގެ ސަލާމަތީ ކޮމެޓީއަށް ހުށައަޅާކަމަށެވެ.
ސަރުކާރަށް ތާއިދޫކުރާ މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަދެ އިދިކޮޅު މެމްބަރުންނަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލާ މަޖލީހުގައި އަޑުގަދަކޮށް ހެދުމުން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓް ނެގުމަށް މިއަދު އެޖެންޑާކުރި ޖަލްސާ ބޭއްވިފައެއް ނުވެއެވެ.
ސަރުކާރަށް ތާއިދުކުރާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް އަނިޔާވެސް ވަނީ ލިބިފައެވެ.