ads
ޑްރޯން ހަމަލާއެެއްގައި އެމެރިކާ ސިފައިންގެ 3 މީހުން މަރާލައިފި
ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި، އެމެރިކާ ސިފައިންގެ 3 މީހަކު މަރުވެ 25 މީހަކު ޒަހަމް ވެއްޖެ އެވެ.

ޖޯޑަންގެ ސީރިއާ ބޯޑަރު ކައިރީގައި ހުންނަ ޓަވާ-22 އަށް ދިން ހަމަލާއަކީ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށި ގައްޒާ ހަނގުރާމައިގެ ފަހުން އެެމެރިކާ ސިފައިންގެ މީހަކު މެދުއިރުމަތީގައި މަރުވި ފުރަތަމަ ފަހަރެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިހަމަލާ ދީފައިވަނީ ސީރިއާގައި ތިިބި އީރާނުން ވާގިވެރިވާ ހަނގުރާމަވެރިންނެވެ.

މިހަމަލާ ދީފައިވަނީ "ވަން ވޭ" ޑްރޯން ބޭނުންކޮށްގެންނެވެ.

ޖޯޑަންގެ އުތުރު އިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ބޭސްއަށް ދިން ހަމަލާގައި 3 ސިފައިން މަރުވެފައިވާކަން ޔޫއެސް ސެންޓްރަލް ކޮމާންޑުން ވަނީ ކަށަވަރުކޮށްފައެވެ.

ހުކުރު ދުވަހާއި ހަމައަށް އިރާގު އަދި ސީރިއާގައި ތިބި އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް 158 ހަމަލާ އަމާޒުވެފައިވެއެވެ.

އެމެރިކާއިން އަންނަނީ މިފަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާގާއި ސީރިއާއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.

ނަމަވެސް އިރާގު އަދި ސީރިއާގައި އެމެރިކާ ސިފައިން ހަރަކާތްތެރިވަމުން އަންނަނީ އެގައުމުގެ ރައްޔިތުންނާއި ސަރުކާރާއި ދެކޮޅަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް