މިއަދުވެސް ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވި ނަމަވެސް ސަރުކާރު މެމްބަރުން ޖަލްސާއަށް ހުރަސް އެޅުމުގެ ސަބަބުން ވޯޓަށް އެހިފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް އަސްލަމް ވަނީ އެތައް ފަހަރެއްގެ މަތިން ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރައްވާފައެވެ.
ނަމަވެސް ސަރުކާރު މެމްބަރުން އަޑުގަދަކޮށް ރިޔާސަތުގެ މޭޒު ދޮށަށް އެެއްވެ މައިކް އުފުރާލުމުގެ ސަބަބުން ޖަލްސާ ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފަ އެވެ.
މިރޭ 22:00ގެ ފަހުން ޖަލްސާ ކުރިއަށް ނުގެންދެވުމުން އަސްލަމް ވަނީ މިއަދުގެ ޖަލްސާ ނިންމާލައްވާފައެވެ