ads
އަސާސީ މުދަލުގެ އަގު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް ކަނޑައަޅަނީ
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ތައާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިފި އެވެ.

މިފަދަ ސިޔާސަތުތަކެއް ތައާރަފުކުރުމަށް ރައީސް ޑރ. މުއިއްޒު ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އާންމުކޮށް ދިވެހިން ކެއިންބުއިމުގައި ބޭނުންކުރާ މުދަލުގެ އަގު ހެޔޮ ކުރައްވައި، އެތަކެތީގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެކެވެ. އެގޮތުން އެހެން އަހަރުތަކުގެ ރޯދަމަހާއި ހިލާފަށް މިއަހަރު ވެގެންދާނީ ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ އަހަރަކަށްކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިންވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރާނެ ސަރަހައްދުތަކެއް، އާބަން މިނިސްޓްރީން ކަނޑައެޅުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމެވި އެވެ. އެތަންތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފެންނަ މޮޑެލް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕްބްލިކް ލިމިޓެޑް އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމެވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ގާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކުން ނަގަމުންދާ ފީ މުރާޖާކޮށް، މިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފެންނަ ގޮތް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ވަނީ ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް