ނާޒިމް މި ފަދައިން ވިދާޅުވެފައި ވަނީ ކެބިނެޓް ގެ ނިންމެވުންތައް ހާމަ ކުރެއްވުމަށްޓަކައި އިއްޔެ ކުރިއަށް ގެންގޮސްފައިވާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ނާޒިމް ވިދާޅުވީ މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އެކުލަވާލަން އެންމެ އެކަށޭނަ މޮޑެލަކާ ގުޅޭ ގޮތުން އެހެން ގައުމުތަކުގެ ތަޖުރިބާ އާއި ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލާނެ ކަމަށާއި މަސްވެރިންގެ ކޯޕަރޭޓިވް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރޯޑު މެޕެއް ހަދައި މަސްވެރި މުޖުތަމައާ އެކީ އެއްބަސްވުމަކަށް އައުމަށް ވެސް ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާނޭ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ ގޮތުން މިފްކޯ ބޯޑުގައި މަސްވެރިންގެ ފަރާތުން ތަމްސީލު ކުރާނެ ފަރާތެއް މިނިސްޓްރީ އޮފް ފިޝަރީޒުން އެކުލަވާލާ އުސޫލެއްގެ މަތިން ކަނޑައަޅާ ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ މެދެއްހައި ހިސާބުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ފޯރަމްގައި މިކަމާ ގުޅޭ ކަރުދާހެއް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިފްކޯގެ ބޯޑަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާލާފައި ވާއިރު ކުރިމަތިލާން ދިން ސުންގަޑި ހަމަވެފައިވަނީ މި މަހުގެ 11 ގަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މިފްކޯ އޮތީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަމަށްވާތީ މިފްކޯ އަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އަލުން ކަނޑައަޅުއްވާ މިފްކޯގެ ބޯޑަށް މިހާރު ވަނީ ބޭފުޅުން އައްޔަންކުރައްވާފަ އެވެ.