ads
ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާ އަޑު ޔަހޫދީންގެ ތެރޭ ގަދަވަނީ
ޔަހޫދީންގެ ހަރުކަށި ފިކުރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްތިއުފާ ދިނުމަށް ގޮވާލާ އިޒްރޭލުގެ ގިނަ އަދަދެއްގެ ބަޔަކު އެގައުމުގެ އެކި ސަރަހައްދުގައި މުޒާހަރާ ކޮށްފި އެވެ.

ތެލް އަވީވްގައި ކުރި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ވަނީ އިޒްރޭލުގެ ފުލުހުން ހައްޔަރު ކޮށްފައި ވާއިރު އެ މުޒާހަރާގެ ބައިވެރިން ގެންގުޅުނު ބައެއް ތަކެތި ވެސް ފުލުހުން އަތުލާފައި ވާކަމަށް އިސްރާއިލުގެ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައި އެވެ.

ތެލް އަވީވް ގެ އިތުރުން ގުދުސް، ހައިފާ، ކައިސާރިއާ، ކެފަރް ސާވާ، ރެހޮވޮތް އަދި ބީރް ޝެބާ ގައިވެސް ވަނީ މުޒާހަރާ ކޮށްފައިވެ އެވެ. 

މުޒާހަރާގެ ބައިވެރިން ގޮވާލަނީ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ވަގުތުން ވަގުތަށް އިސްތިއުފާދީ އާ އިންތިހާބެއް ބޭއްވުމަށާއި ގާޒާގައި ތިބި އަސީރުން މިނިވަން ކުރުމަށެވެ.

މީގެ އިތުރުން އިޒްރޭލުގެ ރައިޓް ވިންގް ގެ އެކްޓިވިސްޓުންނާއި އަރަބިން އެކުގައި ކުރި މި މުޒާހަރާގައި ވަނީ ނަތަންޔާހޫ އަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށް، ގާޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ވެސް ވަނީ ގޮވާލާފަ އެވެ. 

ނަތަންޔާހޫ ގަބޫލުކުރާ ގޮތުގައި އޭނާ އާއި ދެކޮޅަށް ޔާހޫންގެ ތެރެއިން އަންނަ ޕްރެޝަރުގެ ފައިދާ ވާނީ ހަމާސް އަށް ކަމަށެވެ. ޔަހޫދީ އިޒްރޭލުން ލަފާކުރާ ގޮތުގައި އަދިވެސް 136 އަސީރުން ހަމާސް ގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.

ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ގިނަވެ ދަނީ ވަރުގަދަވަމުންނެވެ. 

މިފަހުން އައިސީޖޭ ނުވަތަ ދުނިޔޭގެ ކޯޓުންވަނީ އިޒްރޭލާއި ދެކޮޅަށް އަމުރެއް ނެރިފަ އެވެ. އެމަރުރާއި ގުޅިގެން މިހާރި ނަތަންޔާހޫ އިޒްރޭލު ސިފައިން ލައްވާ ގާޒާގެ ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ އަޑު ޔަހޫދީންގެ ތެރޭގައި އަންނަނީ ގަދަވެފައި އެވެ.

ޖައްބާރު ނަތަންޔާހޫ ވަނީ އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް