ads
އެމްބިއުލާންސް ސާވިސް ނަމްބަރުގެ ހިދުމަތް މެދުކެނޑިއްޖެ
މޯލްޑިވްސް ނެޝަނަލް އެމްބިއުލާންސް ސާވިސް ނަމްބަރު 100 ގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވަނީ، އެމްބިއުލާންސް ސާވިސްއިން ހިދުމަތް ހޯދުމަށް ގުޅާ ނަމްބަރު 100 އަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ނަމްބަރުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައި ވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެކަމާ ގުޅިގެން ހިދުމަތް ހޯދުމަށް ދިމާވެދާނެ ދަތިކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ.

އެމްބިއުލާންސް ސާވިސްގެ ނަންބަރަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ހޮސްޕިޓަކަލްތަކުގެ އިމަޖެންސީ ނަމްބަރުތަކަށް ގުޅައިގެން ހިދުމަތް ހޯދުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މޯލްޑިވްސް ނެޝަނަލް އެމްބިއުލާންސް ސާވިސްގެ ނަމްބަރުގެ ހިދުމަތް މެދުކެނޑެން ދިމާވި ސަބަބާއި، އެ މައްސަލަ އަލުން ހައްލު ކުރެވޭނެ ވަގުތެއް މިނިސްްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް