ads
ގުޅުން ބަދަހިކޮށް އެހީ ހޯދަން ރާއްޖެ/އެމެރިކާ މަޝްވަރާކޮށްފި
އެމެރިކާއާ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ރާއްޖެ އިން މަޝްވަރާކޮށްފި އެވެ.
Advertisement

އެމެރިކާގެ އިސް މަސްއޫލުވެރިޔެއް ކަމަށްވާ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ އާއި މަޝްވަރާކޮށްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. 

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަށް ފަހު، "އެކްސް" ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ލޫއާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ބައްދަލުވުމުގައި އެމެރިކާއާ ރާއްޖޭގެ މެދުގައި އޮތް ބަދަހި ގުޅުމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

އެގޮތުން ރާއްޖެ އާއި އެމެރިކާގެ ދެމެދުގައި ދިފާއީ ދާއިރާ އާއި މޫސުމީ ބަދަލުތަކާއި އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރަށް ހަރުދަނާކުރުމާ މެދު މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ތެރެއިން ރާއްޖެ އާއި އެމެރިކާގެ މެދުގަައި އޮތް ގުޅުން އިތުރަށް ބޮޑުވަމުން ކުރިއަރަމުން އަންނަ ކަމަށެވެ. އެހެންވެ އެ ގުޅުން އިތުރަށް ބަދަހިޖޮށް ހަރުދަނާ ކުރަން ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ލޫއާ އެކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ އެނާޖީ ރިސޯސަސް ޖެފްރީ ޕަޔާޓް ވެސް ރާއްޖެ ވަޑައިގެންނެވި އެވެ. 

ލޫގެ މިދަތުރުފުޅުގައި މަތީ ތައުލީމާ ގުޅުންހުރި ސަރުކާރުގެ އިސް އޮފިޝަލުންނާ އަދި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާވެސް ބައްދަލުކުރައްވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް