ads
ޝޭހު އިލިޔާސް ހުސެއިން
ކަމެއް ހާސިލުކުރުމަށް ސަބަބުތަކުގައި ހިފަންޖެހޭ: އިލްޔާސް
ސަބަބުތަކުގައި ނުހިފައި ކަމެއް ހާސިލު ނުކުރެވޭނެކަމަށް ޝޭހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ދީނީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝޭހް އިލްޔާސް ވިދާޅުވީ މި ފަދަ ދަނޑިވަޅުތަކުގައިވެސް ސަބަބުތަކުގައި ހިފަން ޖެހޭކަމަށެވެ. އަދި އާންމު ދިރިއުޅުމުގައިވެސް ސަބަބުތަކުގައި ހިފަން ޖެހޭކަމަށާއި އެއީ ވަކީލު ކުރުމާ ހިލާފުވުމެއް ނޫންކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އެ ކަމަކީ އިސްލާމްދިން ބާރު އަޅާކަމެއް ކަމަށެވެ.

"މުސްލިމެއްގެ ހައިސިއްޔަތުން މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ ހަގީގަތަކީ ސަބަބުތައް މެދުވެރި ކުރައްވަނީ ﷲ ސުބުހާނަހޫ ވަތައާލާ ކަން. މުސައްބިބުލް އަސްބާބައަކީ ﷲ ސުބުހާނަހޫ ވަތައާލާކަން. އެއީ ސަބަބުތައް މެދުވެރި ކުރައްވާނީވެސް ﷲ ސުބުހާނަހޫ ވަތައާލާ ކަން. އަދި ﷲ ސުބުހާނަހޫ ވަތައާލާ މެދުވެރިކުރުވާ ކަމެއް މެނުވީ ނުވާނެކަން. ﷲ ސުބުހާނަހޫ ވަތައާލާ އިރާދަ ނުކުރައްވާ ކަމެއް ނުވާނެކަން އެ އަޅުގަނޑުމެން މުއުމިނުން ފުރަތަމަ ގަބޫލުކުރަންޖެހޭ ކަމަކީ." އިލްޔާސް ވިދާޅުވި އެވެ.

އިލިޔާސް ވިދާޅުވީ މި ދަނޑިވަޅުގައި މުޅި ދުނިޔެ ވަނީ ހާސްކަމެއްގެ ތެރޭގައިކަމަށްވާއިރު އެންމެ ބޭނުންވަނީ ބަލި މަޑުކަމުން އަރައިގަތުންކަމަށާއި އެހެންކަމުން ސަލާމަތްވުމަށް ބޭނުންވާ ވަސީލަތުގައި ހިފަން ޖެހޭކަމަށެވެ. އަދި މާއްދީ ގޮތުންވެސް ސަބަބުގައި ހިފަންޖޭކަމަށްވާއިރު ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވާން ޖެހޭކަމަށްވެސް އިލްޔާސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ބަލި މަޑުކަމުން އަރައިގަތުމަށް މިފަދަ ދަނޑިވަޅުގައި އެންމެ ގަބޫލުކުރާ ދެ ކަމަކީ ސާފުތާހިރުވުމާއި، ގައިގޯޅި ނުވެ ގޭގައި މަޑުކުރުންކަމަށްވާއިރު ސަލާމަތްވުމަށް އެދެ ސަބަބުގައި ހިފަންޖޭކަމަށެވެ.

މީގެ އިތުރުން ބަލި މަޑުކަމުން އަރައިގަތުމަށް ކެތްތެރިވުމާއި، ނަމާދުން ވާގި ހޯދުން މުހިންމުކަމަށާއި ނޭދެވޭ ބަސްތަކުން ދުރުވެ ދުއާ ކުރުން މުހިންމުކަމަށެވެ. އަދި ދުއާކުރުމަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރުކަމަށް އިލްޔާސް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް