ads
އިޒްރޭލަށް ޖާސޫސުކޮށްދިން ހަތަރު މީހަކަށް މަރުގެ އަދަބު ތަންފީޒު ކޮށްފި
ޔަހޫދީ ޒައިނިސްޓް އިޒްރޭލަށް ޖާސޫސު ކޮށްދިނުމުގެ ކުށުގައި ހަތަރު މީހަކަށް އީރާނުގައި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކޮށްފި އެވެ.
Advertisement

ޖުލައި 2022 ގައި އީރާގުގެ ކުރުދިސްތާން ސަރަހައްދުން ބޯޑަރު ހުރަސްކޮށް އީރާނަށް ގަވާއިދާ ހިލާފަށް ވަންނަނިކޮށް މި ހަތަރު މީހުން ހައްޔަރު ކުރީ ކަމަށް އިރާންގެ ދިފާއީ/ޖާސޫސީ އިދާރާތަކުން ބުނެއެވެ.

މި ހަތަރު މީހުން ވަނީ އެފްރިކާގެ ބައެއް ގައުމުތަކުގައި އަސްކަރީ ތަމްރީންތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި ގައުމުން ބޭރުގައި މޮސާދުގެ އެޖެންޓްނާ ބައްދަލުކޮށްފައި ވާކަމަށް އީރާނުގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.

"ބޮމުގެ ހަމަލާއެއް ރޭވި، ޒަޔަނިސްޓުންނާ ގުޅިގެން މަސައްކަތްކުރާ ގްރޫޕެއްގެ މި ހަތަރު މީހުންނަށް މިއަދު ހެނދުނު ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައި،" އިރާން ސަރުކާރަށް ރުހޭ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ކޮންޓްރެކްޓަށް އީރާންގެ އަސްކަރީ މަރުކަޒުތައް ގޮއްވާލަން ހަނގުރާމަވެރިން މިދިޔަ އަހަރު ޖެނުއަރީގައިވެސް މަސައްކަތް ކޮށްފައިވާކަމަށް އީރާނުގެ ދިފާއީ ވުޒާރާއިން ބުނާއިރު އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް އަސްކަރީ ޑްރޯނާއި ބޮން ބޭނުންކުރި ކަމަށާއި އެކަމަކު އެ މީހުން ވިސްނާފައި އޮތް ވަރުގެ ހަމަލާތަކެއް ދެވުމުގެ ކުރިން އެ މީހުން ހައްޔަރުކުރީ ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކުރެ އެވެ.

އީރާނުގެ އިދާރާތަކުން އިތުރަށް ހާމަކުރާ ގޮތުގައި އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ހަނގުރާމަވެރިން ރޭވި ހުރިހާ ރޭވުމެއް ރާވާފައި ވަނީ އީރާގުގައި ތިބެން ކަމަށާއި އީރާނަށް ބޮޑު ގެއްލުމެއް ނުދެވުނީ އިންޓެލިޖެންސްގެ ކުޅަދާނަ ކަމުންނެވެ.

އީރާނުން މި ހަތަރު މީހުން މެރި ދަނޑިވަޅަކީ އީރާނަށް ހުޅަގާއި އެމެރިކާއިން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ދަނޑިވަޅެކެވެ. އެގޮތުން ހޫސީންނަށް ހަތިޔާރު ފޯރުކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދެނީ އީރާނުން ކަމަށް އިޒުރޭލާއި އެމެރިކާ ގަބޫލުކުރާއިރު އުރުދުންގައި ތިބޭ އެމެރިކާ ސިފައިންގެ ފައުޖަކަށް ޑްރޯނުން ހަމަލާދީ ސިފައިންގެ ތިން މީހަކު މަރައި 25 މީހުން ޒަހަމްވި ހާދިސާގައި ވެސް އީރާންގެ އަތެއް އޮންނާނެ ކަމަށް އެމެރިކާއިން ބުނެ އީރާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.

އުރުދުންގެ ޓަވަރ 22އަށް ދީފައިވާ ހަމަލާއަކީ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ގާޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާންތައް ފެށި ފަހުން މެދުއިރުމަތީގެ ގައުމެއްގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ބަޔަކަށް ހަމަލާދީ މަރައިލާފައިވާ ފުރަތަމަ ފަހަރެވެ. އެ މަރުކަޒަށް ހަމަލާ ދީފައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ތުހުމަތު ކުރައްވަ އެވެ.

އެމެރިކާގެ ތުހުމަތުތައް ދޮގު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އީރާން ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރް އަލް-ކަންއާނީ ވިދާޅުވީ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާއަތްތަކަކީ އީރާނުން ބާރުފޯރުވާ ޖަމާއަތްތަކެއް ނޫން ކަމުގަ އެވެ. އަދި އެ ޖަމާއަތްތަކަށް އަމުރު ކުރަނީ އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން ކަމަށް ބުނެ ބައިޑަން ކުރައްވާ ތުހުމަތުތައް ވެސް އޭނާ ދޮގު ކުރެއްވި އެވެ. އެކްސިސް އޮފް ރެސިސްޓެންސަކީ ޔަހޫދީންނާއި އެމެރިކާއާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް