މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމީޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯއިން ސޮއި ކުރެއްވި އެ ކުންފުނީ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ އަދި ފެނަކާ ކުންފުނީ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު ރަޝީދުއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މީޑިޔާ ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވީ ސްޓެލްކޯއާއި އެކު މި އެއްްބަސްވުން ވުމުގެ ކުރިން އެ ކުންފުނިން ބޭނުންކުރާ މެޝިނުތައް މަރާމާތު ކުރަން އެތައް ބައިވަރު މިލިއަން ރުފިޔާއެއް ހަރަދުކުރެވިފައިވާކަމަށާއި ނަމަވެސް އެ މަރާމާތު ކުރެވޭ މެޝިންތައް މަރާމާތު ކުރުމަށް ފަހުވެސް މާ ގިނަ ދުވަހަކު ރަނގަޅު ބޭނުން ނުކުރެވޭކަމަށެވެ.
މީގެ އިތުރުން މުއާޒް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ފެނަކާގެ ޓެކްނިކަލް އަދި އެހެންނިހެން ބައެއް ދާއިރާތަކުން ޓްރެއިންކުރުމަށް ސްޓެލްކޯގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެކަމަށާއި މިކަން ވެގެން ދާނީ އެ ކުންފުނީގެ މުވައްޒިފުންނައް ލިބިގެންދާ އިތުރު ކުރިއެރުމަކަށް ކަމުގަ އެވެ.
މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ފަރާތުން ފެނަކާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބިގެންދާނެކަމަށާއި ފަންނީ ގޮތުން އަދި އެހެން ގޮތަކުންވެސް ވެވެން ހުރި ގޮތުން ފެނަކާ ކުންފުޏައް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ތައްޔާރަށް ތިބިކަމަށެވެ.