ކޮމިއުނިޓީ ފޯރަމް އަކީ ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް ހިޔާލުހޯދުމަށްޓަކައި ކުރިއަށް ގެންދާ ފޯރަމެކެވެ. މީ މިފަދަ ފޯރަމެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
މި ފޯރަމުގައި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތަކާމެދު މަޝްވަރާކުރުމާއި މުޖުތަމައުއިން އިސްކަންދޭންޖެހޭ ކަންކަން ފާހަގަކޮށް ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ ފުލުހުންނާއި ރައްޔިތުންގެ ގުޅުން ރަނގަޅުކޮށް އިތުބާރު އުފެއްދުމަށްޓަކައި ދެފަރާތް ގުޅިގެން ސްޓްރެޓެޖީ އެކުލަވައިލުމުގެ މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުވެފައިހުރި އުސޫލުތަކާއި ސިޔާސަތުތަކާ އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މިި ފޯރަމްގައި މައުލޫމާތު ދީފައިވެއެވެ.
މި ފޯރަމްގައި މޯލްޑިވްސް ޕޮލިސްގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ:
މި ފޯރަމުގައި، ނ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އެ ދެއަތޮޅުގެ ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި ވިޔަފާރިވެރިންނާއި ރަށްރަށުގެ ކަމުވޮށިގެންވާ މީހުން ހިމެނޭހެން 45 މީހުން ބައިވެރިވި އެވެ.