ads
ގަލޮޅު ދަނޑު
ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތު ކުރަނީ
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމަތުކުރުމަށް ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްފި އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމަތުކުރުމަށް ސިވެކާ ހަވާލު ކުރީ، ތިން މިލިއަން ރުފިޔާއަށެވެ. މިކަމާ ގުޅޭ ގޮތުން ސަރުކާރުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ދަނޑުގެ ލައިޓިން މަރާމާތުކޮށް ނިންމައި ހަވާލުކުރަން ޖެހެ އެވެ. މި މަސައްކަތުގެ އަގަކީ 3،985،745.79 ( ތިން މިލިއަން ނުވަ ލައްކަ އަށްޑިހަ ފަސްހާސް ހަތް ސަތޭކަ ސާޅީސް ފަސް ރުފިޔާ ހަތްދިހަ ނުވަ ލާރި އެވެ.

ދަނޑުގެ ލައިޓިން ރަނގަޅުކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެ އެވެ. އޭގެ ތެރޭގައި ލައިޓްތަކުގެ ހާލަތު ބެލުމާއި، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ހިމެނެ އެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މައްސަލަ ޖެހިފައިވާތީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އަންނަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައަށް ހައްލުހޯދުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ. ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒުބެއިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް