ads
ބޭރުގެ ސިފައިންތަކެއް މަސްދޯންޏަކަށް އެރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ރާއްޖޭގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންތަކެއް އެރި ކަމަށް ބުނާ ރިޕޯޓެއް ލިބިގެން، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ ބޭރުގެ ސިފައިންގެ ބަޔަކު ދިވެހި މަސް ދޯންޏަކަށް އެރި ކަމަށް ރިޕޯޓުކޮށްފައި ވަނީ ދިވެހި އީއީޒެޑްގެ ތެރެއިން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އިންޑިއާ ސިފައިންގެ ބަޔަކު އެރީ އދ. މަހިބަދޫއަށް ނިސްބަތްވާ "އަސުރުމާ 3" ދޯންޏަށެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމުގައި ދަންނަވަން،" ސިފައިން ބުންޏެވެ.

އެމްއެމްޑީއެފުން އެ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ދޯނީގެ ކެޔޮޅާ ހަވަލާދީ އޭނާ އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިންގެ މަނަވަރު އެންމެ ފުރަތަމަ ދޯނި މަތިން ހެލިކޮޕްޓަރު އުދުއްސީ ކަމަށާއި އޭގެ ފަހުން މަނަވަރު ދޯންޏާ ކައިރިކޮށް ހަތިޔާރާ އެކު ސިފައިން އެރީ ކަމަށެވެ.

"އަދިިވެސް އެމީހުން [އިންޑިއާ ސިފައިން] ތިބީ ދޯނީގައި،" ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޑީއެފުން އެ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް