ads
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަން ކުރި މައްސަލަ މަޖިލިހަށް ހުށަހަޅައިފި
ރައީސް އައްޔަން ކުރެއްވި ވަޒީރުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރުމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފަ އެވެ. ނަމަވެސް ހަމަ އެ ދުވަހު ރައީސް ވަނީ އަލުން އެ ތިން ވަޒީރުން އެ މަގާމު ތަކަށް އައްޔަން ކުރައްވާފަ އެވެ.

އެކަމާއި ގުޅިގެން އީވާ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރުހުން ނިލިބުނު ވަޒީރުން އަލުން އައްޔަން ކުރުމަކީ މަޖިލިހުގެ ބާރު ކނޑުވާލުމުގެ އަމަލެއް ކަމަށެވެ.

އަދި އެއީ ވެރިކަން ހިންގުމުގެ ބާރުގެ އަމަލުތައް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދަރީ ކުރުވުމުގެ ބާރު ނިގުޅައިގަތުން ކަމަށް އެ ގަރާރުގައިވެ އެވެ. 

އެ ގަރާރުގައި ވާ ގޮތުގައި ވަޒީރަކަށް މަޖިލިހުން ރުހުން ނުދީފިނަމަ އެ ވަޒީރަކު މަގާމުން ވަކިވާނެ ކަމަށް ބަޔާން ކޮށްފައި ވާއިރު، އެ ބޭފުޅުން އަލުން އައްޔަން ކުރުމަކީ މަޖިލިހުގެ ގާނޫނީ ބާރުވެރިކަމަށް ގޮނޖެހުން ކަމުގައެވެ.

އެހެންކަމުން ސަރުކާރަށް އޮތް އިތުބާރު ގެއްލި އުނދަގޫ ހާލަތަކަށް ހިނގައިދާނެ ފަދަ އަމަލުތައް ނުކުރުމަށާއި، ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުން ރުހުން ނުދެން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހްމަދު އުޝާމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް