ads
ޒަމީރު
މިނިސްޓަރު ޒަމީރު އީޔޫގެ ޑީއެމްޑީ އާއި ބައްދަލުކުރައްވައިފި
މިނިސްޓަރު ޒަމީރު އީޔޫގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝްޓާނަލް އެކްޝަން ސާވިސްގެ ޑީއެމްޑީ ޕޮއުލާ ޕަމްޕަލޯނީ އާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެވުމުގައި މޫސުމީ ބަދަލުތަކުން ސަލާމަތްވާނޭ ގޮތަކާއި ބެހޭ ގޮތުން ވާހަކަ ދެެއްކުވެމުގެ އިތުރުން އިކޮނޮމީ ޑިވެލޮޕް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ. 

މީގެ އިތުރުން ސަލާމަތީ ކަންކަން އިސްލާހުކުރެވޭނެ ގޮތަކާއި ދިވެހި ރާއްޖެއިން ޔޫރަޕަށް އެތެރެ ކުރާ މަހުގެ ބާވަތްތަކުން ނެގޭ ޓެރިފް ކުޑަ ކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެ އިތުރުން ވިސާޔާ ނުލާ ރާއްޖެއިން ޔޫރަޕަށް ދަތުރުކުރެވޭނެ ގޮތް ހެދުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރުވިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.


ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް ވަޑައިގެންނެވީ އިއްޔެ ވަގުތެއްގައި އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި މިނިސްޓަރު ޒަމީރު ބެލްޖިއަމްއަށް ދަތުރުކުރައްވަނީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކުރުމަށެވެ.

އެގޮތުން، މިނިސްޓަރ ބެލްޖިއަމްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އީޔޫގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތުދީފައިވެ އެވެ. 

އަދި މީގެ އިތުރުން، އީޔޫގެ އެކި ބޭފުޅުންނާ ބައްދަލުކުރައްވާ މާލީގޮތުން ފައިދާކުރަނިވިގޮތަށް މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދީފައިވެ އެވެ.

ހާރިޖިއްޔާއިން އިތުރަށް ބުނި ގޮތުގައި މި ދަތުރުގެ ތެރެއިން މިނިސްޓަރު، އީޔޫގެ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް