މި ތަމްރީން ޕްރޮގްރާމްތައް ފެށީ މިދިޔަ މަހުގެ 19 ވަނަދުވަހުއެވެ. އެންމެ ފުރަތަމަ ތަމްރީނުތައް ކުރޔަށް ގެންދަނީ ގއ. އަދި ގދ އަތޮޅުގަ އެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ތަމްރީނު ތައް ފުރިހަމަ ކުރި 8 ފަޅުވެރިންނަކީ ގދ.މަޑަވެލީގެ 8 ދޯންޏެއްގެ ފަޅުވެރިންނެވެ.
ކޯސް ފުރިހަމަކުރި ބައިވެރިން:
މަސްވެރި ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވެރެއް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް އެ މަނިކުފާނުގެ ހަފްތާ-14 ނުވަތަ ފުރަތަމަ 100 ދުވަހު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނ ތަކުގެ ތެރޭގައި ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމަނާފައިވެ އެވެ.
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ