ads
ގާޒާއަށް އެހީ ފޯރުކޮށްދިނުމުގެ މައި ތަނބަކީ އަންރާ: ގުޓަރޭސް
ގާޒާއަށް އެހީ ފޯރކޮށްދިނުމުގެ މައި ތަނބަކީ އދ ގެ ފަލަސްތީނުުގެ ރެފިއުޖީ އޭޖެންސީ (އަންރާ) ކަމަށް އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ.
Advertisement

ގުޓަރޭސް މިފަދައިން ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ހައްގުތަކާއި ބެހޭ އދ ގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އަންރާ އިން ކުރަމުންދާ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެހީވުމަށް ގައުމުތަކަކަށް ގުޓަރޭޒް ގޮވާލެއްވި އެވެ.

އަދި އަންރާ އަށް ކުރެވިފައިވާ ތުހުމަތުތަކުގެ ސަބަބުން ވަރަށް ހައިރާންވާ ކަމަށާއި ޒަރޫރީ އެއްވެސް ވަސީލަތެއް ނެތި ގާޒާގެ 2.2 މިލިއަން މީހުން އުޅެމުންދާ ދަތި ހާލާއި މެދު ވަރަށް ކަންބޮޑުވާ ކަމަށް ގުޓަރޭޒް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އދ ގެ އޮފިޝަލުން އަލުން އަންރާ އަށް ފަންޑު ކުރަން ނުފަށައިފިނަމަ މި ފެބުރުއަރީ މަހުގެ ނިޔަލަށް އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލަން ޖެހޭނެ ކަމަށް ބުނާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ފުޑް ޕްރޮގްރާމް، ޔުނިސެފް، އަދިވެސް އިތުރު ޖަމިއްޔާތަކުން އެކުގައި ނެރުނު ބަޔާނެއްގައި ވަނީ އަންރާ އަށް ކުރެވިފައިވާ ތުހުމަތުތަކަކީ ވަރަށް ބިރުވެރި ތުހުމަތު ތަކެއް ކަމަށާއި ނަމަވެސް ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީވުމަށް މުޅި ޖަމިއްޔާއަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ބުނެ އެވެ.

އަދި އެ ބަޔާނުގައި ވަނީ ގާޒާގެ ހާލުގައި ޖެހިފައިވާ 2.2 މިލިއަން މީހުންގެ އާބާދީ އަށް އެހާ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދިނުމުގެ ގާބިލުކަން އެހެން އެއްވެސް ފަރާތެއްގައި ނުހުންނާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އދ ގެ އެހީ އާއި ބެހޭ ދާއިރާގެ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވީ ފަލަަސްތީނަށް އެހީވުމަށް އދ ގެ ހުރިހާ މަސައްކަތެއްވެސް ބިނާވަނީ އަންރާ އަށް ރަނގަޅަށް ފަންޑު ލިބި އެ ޖަމިއްޔާގެ މަސައްކަތް ކުރިއަށް ގެންދެވުމުގެ މައްޗަށް ކަމުގަ އެވެ.

އިޒްރޭލުން ކޮށްފައިވާ ތުހުމަތުތަކާއެކު އަންރާގެ އެންމެ ބޮޑު ޑޯނަރު ކަމަަށްވާ އެމެެރިކާ އަދި ވިލާތުގެ އިއްތިހާދު ހިމެނޭހެން 7 ގައުމަކުން އެ ޖަމިއްޔާއަށް ފަންޑު ކުރުން މެދު ކަނޑާލާފައި މިވާ ދަނޑިވަޅުގައި އަންރާގެ މަސައްކަތްތައް އެކީ ހުއްޓާލަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ގޮވާލާފައިވެ އެވެ.

އިޒްރޭލުގެ ތުހުމަތުތަކަކީ އަންރާ ގެ 12 މެމްބަރުން ހަމާސްގެ ހަމަލާގައި ބައިވެރިވެފައިވާ ކަމަށާއި އަންރާ އިން ވަނީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ މެމްބަރުންނަށް ވަޒީފާ ދީފައި ކަމަށް ބުނެ ކުރާ ތުހުމަތުތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް