ads
އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ކުރަން އެއްބަސްވެއްޖެ
ރާއްޖޭގައި އެއާ ކާގޯއާ ބެހޭ ގައުމީ ދިރާސާއެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އެމްއެންޔޫގެ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާބޯތަކެއްޗާއި އެނޫންވެސް މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ގައުމީ ފެންވަރުގައި ކުރަން ހަމަޖެހިފައިވާ މިދިރާސާ 16 ހަފްތާ ތެރޭގައި ނިންމަން ހަމަޖެހިފައިވާކަމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވި އެވެ. 

"ރާއްޖޭގައި ޓުއަރިޒަމް އިންތިހާއަށް ފުޅާވަމުން އަންނަ އިރު މި ހިދުމަތަކީ ކޮންމެހެން ވެސް ފަށަން ޖެހޭ ހިދުމަތެއް" މުބީން ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމާއެކު، އެއްޗެހި އެއްތަނުން އެނެއް ތަނަށް އުފުލުމަށް ޓަކައި ކާގޯގެ ހިދުމަތް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، މި ދިރާސާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެއާކާގޯ އޮޕަރޭޝަނުގެ ހާލަތު ދެނެގަތުން ކަމަށެވެ.

''އަޅުގަނޑުމެން އުއްމީދު ކުރަނީ މި ދިރާސާގެ އެހީގައި ލިބިގެންދާ މައުލޫމާތުގެ އަލީގައި ހައްލުތައް ދެނެގަތުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެކަމަށް. އަދި އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ކާގޯ އޮޕަރޭޝަންތަކަށް މަގުފަހިވެގެން ދާނެކަމަށް،'' ޑރ. ޝެހެނާޒް ވިދާޅުވި އެވެ.

މި ދިރާސާއަށް މައުލޫމާތު ހޯދަނީ ސާވޭއެއް ކޮށްގެން ކަމަށާއި އެކަމަށް ޓަކައި ރާއްޖޭގައި އެއާޕޯޓް ހިމެނޭ ރަށްރަށަށް ޒިޔާރަތްކޮށް ކަމާގުޅޭ ފަރާތްތަކާ މަޝްވާރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދިރާސާ 16 ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ޑރ. ޝެހެނާޒް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް