ގަރާޖަށް ގެއްލުންދޭ ވީޑިއޯ ފުލުހުން މިހާރު ވަނީ އާއްމުކޮށްފައި އެވެ.
މޮއިރާ އޮޓޯ ސާވިސް އަކީ މ. ސަކަން ގޭގައި ހިންގާ ގަރާޖެކެވެ. ޕޮލިހުންގެ ބުނީ އެ ގަރާޖަށް ގެއްލުންދީފައި ވަނީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުންކަމަށެވެ.
މީގެ އިތުރުން ފުލުހުން އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު އަދާކޮށްފައިވެ އެވެ.