ads
ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޕާކިސްތާނު
ދިވެހިރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ޕާކިސްތާނުން ދެއްވައިފި އެވެ.

ޕާކިސްތާނުގެ ސަރުކާރުން މިފަދައިން ޔަގީންކަން ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޕާކިސްތާނުގެ އަށް ވަނަ ކެއާޓޭކާ ބޮޑުވަޒީރު އަންވާރުލް ހަައްގު ކަކަރް، މިއަދު ހެނދުނު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގަ އެވެ.

މި މަޝްވަރާގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމަށް ދެ ބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

މީގެއިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި މަޝްވަރާގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގައި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ދެއްވާފަ އެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ މެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 26 ޖުލައި 1966ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް