ads
މަޖިލިސް އިންތިހާބު: 93 ދާއިރާގެ ބަހުސް ޕީއެސްއެމްއިން ބާއްވަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިމެނޭ 93 ދާއިރާގެ ބަހުސް، އާންމުންނަށް ސުވާލުކުރެވޭ ގޮތަށް ބޭއްވުމަށް ޕީއެސްއެމްއިން ނިންްމައިފި އެވެ.

މި ބަހުސް މިމަހުގެ 20ގައި ބޭއްވުމަށް ޕީއެސްއެމްއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މާލޭ ދާއިރާތަކުގެ ބަހުސް އިން ފަށާ މި ބަހުސްގައި، ކޮންމެ ދުވަހަކު ފަސް ދާއިރާއެއްގެ ކެންޑިޑޭޓުންގެ ބަހުސް ބާއްވަން ނިންމާފައިވާކަމަށް ޕީއެސްއެމްއިން ބުނެ އެވެ. 

އަދި، ސިޓީ ކައުންސިލުތަކުގެ ދާއިރާތަކުން ބަހުސް ބާއްވަން ނިންމާފައިވަނީ އެ ސިޓީއެއްގަ އެވެ. 

”މަޖިލިސް 2024 ބަހުސް“ އިފްތިތާހް ކުރުމަށް  ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިޔާތުގައި  ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، އެ ބަހުސް އަކީ އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ފަހިވެގެންދާ ގޮތަށް ބާއްވާ ބަހުސެއް ކަމަަށެެވެ. އެ ބަހުސްގެ މަގުސަދަކީ ވެސް، އެދާއިރާއެއްގެ ރައްޔިތުން ބޭނުންވާ ސުވާލުތަކެއް ކެންޑިޑޭޓުންނަށް އަމާޒުކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ކެންޑިޑޭޓުންނާ ކުރިމަތިކުރުވާނީ، އެސްއެމްއެސް ޒަރިއްޔާއިން އެ ރައްޔިތުން ފޮނުވާފައިވާ ސުވާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ސުވާލުތައް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެސްއެސްއެސް މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ސުވާލު ފޮނުވާނީ، އެމްބީ ޖަހާފައި ހުސްތަންކޮޅެއް ދޫކޮށްލާފައި ސުވާލު އަމާޒުކުރަން ބޭނުންވާ ކެންޑޭޓުގެ ނަމާ، ސުވާލާއެކު 300 އަށެވެ.

އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން އެ ސުވާލުތަކަށް ޖަވާބު ލިބޭގޮތަށް ޕީއެސްއެމްއިން ބާއްވާ މިއީ މިފަދަ ފުރަތަމަ ބަހުސް އެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އަންގާރަ ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތު މިމަހުގެ 14އަށް ބަންދުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް