ads
ޗައިނާއިން މާސްޓާސްއަށް ހިލޭ ކިޔެވުމުގެ ފުރުސަތު
ޗައިނާ ސަރުކާރުގެ އެހީގައި ހުރިހާ ހަރަދަކާ އެކު، އެ ގައުމުގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިކަން ހާމަކޮށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާނުގައި ވަނީ މި ޕްރޮގްރާމްއަކީ ޗައިނީޒް ސޮކޮލާޝިޕް ކައުންސިލް އިން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި އަދި މި ފުރުސަތުގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ ފަރާތުން ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 200 ސްކޮލާޝިޕްކަމަށާއި ޗައިނާގެ 78 ޔުނިވާސިޓީއެއްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމާށް ވެސް އެ އިއުލާނުގައިވެ އެވެ. މި ސްކޮލާޝިޕް ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 15 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.

މީގެ އިތުރުން  ކޯހަށް ހޮވޭ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީ އާއި ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށާއި ހިދުމަތުގައި ތިއްބެވުމަށްފަހު ކޯހަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ކޯހަށް ހޮވިއްޖެ ނަމަ އެކޯހަކީ ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ އަދި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ޔަގީން ކުރުމަށް ވެސް އެ އިއުލާނުގައިވެއެވެ.

މި އިއުލާނުގައިވާގޮތުގައި މި ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ޑިގްރީ ނިންމައި އުމުރުން 45 އަހަރު ނުވާ މީހުންނަށެވެ. 

އޭގެ ތެރޭގައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާ އިން 1000 ސިވިލް ސާވަންޓުންނަށް ފުލީ ފަންޑެޑް ސްކޮލާޝިޕް ވެސް ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް