ads
ރޮޒޭ ކަޓައިފި، ޗިކާ ޓިކެޓް ޔަގީންކޮށްފި
ރައްޔިތުން މަޖިލީހުގެ މިހާރު އައްޑޫ މީދޫ ދާއިރާގެ މްމްބަރު ރޮޒައިނާ އާދަމް އެމްޑީޕީގެ ޕްރައިމެރީން ނާކާމިޔާބު ވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަންވެސް ކުރައްވާ ރޮޒައިނާ މިފަހަރު ކުރިމަތިލީ ފޭދޫ އުތުރު ދާއިރާއަށެވެ. އެ ދާއިރާގައި ތިން ކެންޑިޑޭޓުން ވާދަކުރިއެވެ. މިދިޔަ ތިން ދައުރުގައި ވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރޮޒައިނާ ބަލިކޮށް ދާއިރާގެ ޓިކެޓް ކަށަވަރުކުރީ އަހްމަދު ޝަރީފްއެވެ. 

ފޭދޫ އުތުރު ދާއިރާގެ ނަތީޖާ 

  • އަހްމަދު ޝަރީފް 257 ވޯޓް
  • ރޮޒައިނާ އާދަމް 221 ވޯޓް
  • އަހްމަދު ހަމްޒާ 206 ވޯޓް

your imageމަޑަވެލި ދާއިރާ ކާމިޔާބުކުރި ނާފިޒް (ޗިކާ)

މަޑަވެލި ދާއިރާގެ ގޮނޑިއަށް ވާދަކުރި އިބްރާހިމް ނާފިޒް (ޗިކާ) ވަނީ އެ ދައިރާގެ ޓިކެޓް ކަށަވަރުކޮށްފައެވެ. މި ދާއިރާއަށްވެސް 3 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. 

your imageރައީސް މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަހުމަދު ގާލިބު

ހއ. ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ޝަރީފު (ކެލާ ޝަރީފު) ބަލިކުރުމަށްފަހު އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރުކުރީ އެމްޑީޕީއާ ދާދިފަހުން ގުޅި އެޕާޓީގެ ޓިކެޓުގައި އަލަށް ނުކުތް އަހުމަދު ގާލިބުއެވެ. އޭނާ ޝަރީފް މައްޗަށް ކުރި ހޯދީ އެންމެ 3 ވޯޓުންނެވެ. ގާލިބަށް ލިބުނީ 125 ވޯޓެވެ. ޝަރީފަށް ލިބުނީ 122 ވޯޓެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް