ޒިފްލީން ޕްރައިމަރީ ކާމިޔާބުކުރައްވާފައިވަނީ ދެން އެދާއިރާއަށް ކުރިމަތިލެއްވި އަބްދުލް ރިފާއު އަޒީޒު މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
އިންތިހާބުގައި ޒިފްލީނަށް 200 ވޯޓު ލިބިފައިވާއިރު، އޭނާއި ވާދަވެރި ކެނޑިޑޭޓަށް ވަނީ 152 ވޯޓު ލިބިފައެވެ.
އެއާއެކު ޒިފްލީން ވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ތިނަދޫ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރައްވައިފައެވެ.
ޒިފްލީން ވަނީ އެމްޑީޕީ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
މީގެ ކުރިން އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ދެ ފަހަރެއްގެ މަތިން ޒިފްލީން ވަނީ ނާކާމިޔާބީއާއި ކުރިމަތިލާފައެވެ.