އެމްޓީސީސީން ކުރި އެކްސްގެ ޕޯސްޓެއްގައި އެ ކުންފުނިން ބުނީ ޖިއޯ ބޭގް ގެ ދެވަނަ އަދި އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދަނީ ޖިއޯ ބޭގަށް ވެލި އެޅުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 220 މީޓަރުގެ ގްރޮއިން ޖެހުން ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެއެވެ.
މި މަޝްރޫޢަކީ 17.57 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ.
ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.