މި އިސްލާހުން މީހުން ޓްރެފިކްކުރުން ހުއްޓުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލެވިގެންވާ ގޮތް ބަދަލުކުރެވޭނެއެވެ. ގާނޫނުގައި ކުރިން ވާގޮތުން ކޮމެޓީ އެކުލެވިގެންވަނީ 14 ދާއިރާއަކުން އައްޔަންކުރެވޭ 14 މީހުން ކަމަށްވީ ނަމަވެސް އިސްލާހާއެކު 10 ދާއިރާއަކުން ހިމެނޭ 10 މީހުންނަށް ކޮމެޓީގެ މެމްބަރުންގެ އަަދަދު މަދުކުރެވޭނެއެވެ.
މި ބިލު ފާސްކޮށްފައި ވަނީ 18 މާރިޗު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ.
މި ޤާނޫނު ތަސްދީގު ކުރުމުން 10 ދުވަހުގެ ތެރޭގައި ކޮމެޓީ އަލުން އެކުލަވާލަން ޖެހޭނެއެވެ. އައު ކޮމެޓީ އެކުލަވާލެވެންދެން ކުރިން އޮތް ކޮމެޓީ ދެމި އޮންނާނެއެވެ.