ads
އާޒިމާގެ ލޯން ފަސްކުރަން އަމުރުކޮށްފި
ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަކޮށް ބަލިވި، ކެންޑީޑޭޓް އާއިޝަތު އާޒިމާ ޝަކޫރު، އިސްލާމިކް ބޭންކަށް 4 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އާޒިމާގެ ލޯން ފަސްކުރަން ސިވިލް ކޯޓުން އަމުރު ކުރީ، އެއީ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކަމަށްވެފައި، އެ ނިންމުން މުރާޖަރާ ކުރަން އާޒިމާގެ ފަރާތުން ހުށަހެޅުމުންނެވެ. 

އެ މައްސަލައިގައި އެ އަމުރު މިއަދު ސިވިލް ކޯޓުން ކުރިއިރު، އެ ހުކުމް އާޒިމާގެ ފަރާތުން އެންމެ ފުރަތަމަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. 

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ، މިއީ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކަމުން، އެ ހުކުމް ސިވިލް ކޯޓުން ބަދަލު ކުރެވިދާޏެ ކަމަށް ބުނެއެވެ.

މިއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމެކެވެ.

ޑިމިނިޝިން މުޝަރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން 4،030،856 ރުފިޔާ ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި ކުރެއްވި ހުކުމުގައިވެ އެވެ.

ޑިމިނިޝިން މުޝަރަކާ (ޑީއެމް) އަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް