ads
މާދަމާގެ ޖަލްސާގައި އެމްޑީޕީ، ޑިމޮކްރެޓްސް ބައިވެރި ނުވާން ނިންމައިފި
މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސް ބައިވެރި ނުވާން ނިންމައިފިއެވެ.

މާދަމާގެ ޖަލްސާގައި އޮންނާނީ ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވާ ފުރަތަމަ ރިޔާސީ ބަޔާން ދެއްވުމެވެ.

މާދަމާގެ ޖަލްސާގައި އެމްޑީޕީން ބައިވެރި ނުވާ ނިންމި ސަބަބެއްކަމަށް އެޕާޓީގެ މެމްބަރަކު ބުނީ ސަރުކާރު މެންބަރުންނާއެކު ރައީސަށް އޮމާން މާހައުލެއްގައި ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ޖަލްސާގައި ބައިވެރި ވެއްޖެނަމަ މެމްބަރަކަށް ޝުއޫރު ފާޅުކޮށް ޖަލްސާއަށް ހުރަސް އެޅިދާނެކަމަށް ބައެއް މެމްބަރުންގެ ވިސްނުން ހުރިކަމަށްވެސް އެ މެމްބަރު ވިދާޅުވިއެވެ.

ޑިމޮކްރެޓުން ބުނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި  ވަޒީރަކަށް  މާދަމާގެ ޖަލްސާއަށް ދީފައިވާކަން އެޕާޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށްވެސް ޑިމޮކްރެޓްސް އިން ބުނެއެވެ.

" ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ވާހަކަވެސް ދަންނަވަމެވެ." ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައިވެއެވެ.

އެހެންވެ އެ ސަބަބުތަކަށްޓަކައި މާދާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެކަމަށްވެސް އެޕާޓީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 44 މެމްބަރުން ތިއްބަވައެވެ. ޑިމޮކްރެޓްސްގެ 13 މެމްބަރުން ތިއްބަވައެވެ. މާދަމާގެ ޖަލްސާ ވެގެންދާނީ ރައްޔިތުން މަޖިލީހުގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިނުވެ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާއަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް