ads
އެމެރިކާގެ 3 ސިފައިންނަށް އަސްކަރީ ޑްރޯނުން ހަމަލާދިން މައްސަލަ ބޮޑުވެއްޖެ
އެމެރިކާގެ 3 ސިފައިންނަށް އަސްކަރީ ޑްރޯނުން ހަމަލާދިން މައްސަލަ ބޮޑުވެއްޖެ އެވެ.
Advertisement

އެމެރިކާގެ ތިން ސިފައިންނަށް ހަމަލާ ދީފައިވަނީ އުރުދުންގެ ބޯޑަރުގައެވެ. އެ ހަމަލާގައި އެމެރިކާގެ ތިން ސިފައިން ވަނީ މަރުވެފަ އެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ވަނީ ބަދަލުހިފުމުގެ ގޮތުން ސީރިޔާ އަށާއި އީރާގަށް ހަމަލާދީފައެވެ. އެމެރިކާއިން ބުނާގޮތުން އެމެރިކާގެ ތިން ސިފައިންނަށް ދިން ޑްރޯން ހަމަލާގެ ފަހަތުގައި ވަނީ އީރާން ގެ އިތުރުން އީރާނުން މެދުވެރިންގެ ގޮތުގައި ބޭނުންކުރާ ހަނގުރާމަވެރި ގުރޫޕްތަކެވެ. 

އަދި އެ ގުރޫރުޕުތަކަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އީރާނުން ކަމަށް ވެސް އެމެރިކާއިން ގަބޫލުކުރެއެވެ.

އެމެރިކާ ތިން ސިފައިންނަށް ޑްރޯން ހަމަލާ އެއްދީ މަރާލި މި މައްސަލައިގެ ޒިންމާ ވަނީ އިސްލާމިކް ރެސިސްޓަންޓް ޖަމާއަތުން ނަގާފައެވެ. އެ ޖަމާއަތަކީ އީރާގުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ. ޔަމަންގައި ހަރަކާތްތެރިވާ ހޫސީންގެ ބައިވެރިވުން އޮންނާނެކަމަށް އެމެރިކާއިން ދެކެއެވެ.

ސީރިއާގައި އަދި އީރާގުގައި ވެސް އީރާނަށް ވަފާތެރި ހަނގުރާމަވެރި ގުރޫޕްތައް ހަރަކާތްތެރިވާ ކަމަށާއި އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މި ގުރޫޕްތައް ގުޅިގެން ހަމަލާދޭ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ވިދާޅުވެ އެވެ.

ބަދަލު ހިފުމުގެ ގޮތުން އެމެރިކާއިން ސީރިއާ އަދި އީރާނަށް ހަމަލާދިިނުމަށްފަހު އެމެރިކާއިން ބުނެފައިވަނީ އެއީ ބަަދަލުހިފުމުގެ ގޮތުން ދޭން ހުރި ހަމަލާތަކުގެ ފެށުން ކަމަށާއި އަދި އެމެރިކާއަށް ޖެއްސުންކުރުން ނުހުއްޓައިފި ނަމަ އިތުރު ހަަމަލާތަކަށް އުންމީދުކުރުމަށެވެ.

އެމެރިކާއިން މެދުއިރުމައްޗަށް ހަމަލާދިނުމަކީ އަމިއްލައަށް މަޅިއެއްގައި ބެދުން ކަހަލަ ކަމެއް ކަމަށާއި އެމެރިކާއަށް އަފްޣާނިސްތާނުން ފިލާވަޅެއް ދަސްނުވަންޏާ ހަނގުރާމަވެރި އެމެރިކާއަށް މިފަހަރު ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށް އަސްކަރީ ތަޖުރިބާ ކާރުން ބުނާއިރު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން ބުނާގޮތުގައި އެމެރިކާއާ ބައިވެެރިން ކިތަންމެ ވަރަކަށް ހަމަލާދިން ނަމަވެސް، ބިރު ނުގަންނަ ކަމަށާއި، ރައްދު ހަމަލާތައް ވަރުގަދަކުރާނެ ކަމަށެވެ. 

މީގެ އިތުރުން ހޫސީން ބުނަނީ އެމެރިކާއިން ހޫސީންނަށް ހަމަލާދޭ ނަމަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ވެސް ހަމަލާދޭނެ ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް